އާދިއްތަ, November 1
ނަތަންޔާހޫގެ ގެއަށް ޑްރޯން ހަމަލާއެއް ދީފި

އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ޗުއްޓީ ހޭދަކުރަން ގޮސް އިން ގެއަށް ޑްރޯން ހަމަލާއެއް ދީފިއެވެ.

އިޒްރޭލުގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ޑްރޯން ހަމަލާދީފައި ވަނީ ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުންނެވެ. މި ހަމަލާ އަކީ އިޒްރޭލުގެ އިސް ވެރިޔަކަށް އަމާޒުކޮށް ހިޒްބުﷲ ޖަމާއަތުން ދިން ފުރަތަމަ ހަމަލާއެވެ.

އިޒްރޭލުގެ ދިފާއީ ބާރު (އައިޑީއެފް) އިން ބުނީ ހަމަލާ އަމާޒުވެފައިވަނީ އެންމެ އިމާރާތަކަށް ކަމަށެވެ. ހިޒްބުﷲ ޖަމާއަތުން ޖުމްލަ ތިން ޑްރޯން ފޮނުވާލާފައިވާއިރު، އޭގެތެރެއިން ދެ ޑްރޯން އެ ގައުމުގެ އަސްކަރިއްޔާއްޔާއިން ވައްޓާލާފައިވާ ކަމަށް އައިޑީއެފްއިން މައުލޫމާތު ދިނެވެ.

މި ހަމަލާގައި ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

އިޒްރޭލުގެ ސިޓީއެއްގެ މަތިން ބޮޑު ޑްރޯނެއް އުދުހޭ މަންޒަރު ފެންނަ ވީޑިއޯ ފުޓޭޖެއް ސޯޝަލް މީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ. އެ ފުޓޭޖަކީ ހިޒްބުاللهގެ ހަމަލާއާ ގުޅުން ހުރި ފުޓޭޖެއް ކަމަށް މައުލޫމާތު ލިބެއެވެ.

(press link) ހަމަލާއާ ގުޅިގެން އެކްސްގައި ދައުރުވަމުންދާ ވީޑިއޯ

މި ހަމަލާއާ ގުޅިގެން ނަތަންޔާހޫ ވަނީ މިހާރު ހިނގަމުންދާ ހަމަނުޖެހުންތައް ކުރިއަށް ގެންދާނެ ކަމަށް ވައުދުވެފައެވެ. އަދި މި ހަމަލާއަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށްވެސް އޭނާ ބުންޏެވެ.

މީގެ އިތުރުން އައިޑީއެފް އިން ވަނީ ހޮނިހިރު ދުވަހު އިސްރާއީލުގެ އުތުރުގެ ސަރަހައްދަކަށް އަމާޒުކޮށް ހިޒްބުالله އިން ދިން މިސައިލް ހަމަލާތަކެއް ރިޕޯޓްކޮށްފަ އެވެ. އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ ހިޒްބުﷲ ޖަމާޢަތުން ގާތްގަނޑަކަށް 55 މިސައިލް ފޮނުވާލާފައިވާ ކަމަށާއި މި ހަމަލާގެ ސަބަބުން އިޒްރޭލުގެ އެތައް ހާސް ބަޔަކު ހަފުތާ ބަންދު ހޭދަކުރަން ޖެހުނީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިން ފަލަސްތީނުގެ ޣައްޒާގައި ހަރަކާތްތެރި ވަމުންދާ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ހަމާސް ޖަމާއަތާ ދެކޮޅަށް އިޒްރޭލުން އަސްކަރީ އޮޕަރޭޝަނެއް ފެށި ފަހުން ހިޒްބުالله އާއި އިޒްރޭލުން ދަނީ ލުބުނާނުގެ ބޯޑަރު ކައިރިން މިސައިލް ހަމަލާތައް ބަދަލު ކުރަމުންނެވެ.

ހިޒްބުﷲ ޖަމާއަތުގެ ބައެއް މެމްބަރުން ގެންގުޅުނު ޕޭޖަރުތަކެއް ގޮވުމާއި އިޒްރޭލުން ލުބުނާނަށް މިސައިލް ހަމަލާތަކެއް ދިނުމުގެ ސަބަބުން މި މައްސަލަ އިތުރަށް ހޫނުވެ މިހާރު ވަނީ ބޮޑު ކުރިމަތިލުމަކަށް ބަދަލުވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު