އާދިއްތަ, November 1
ހައްޖު އުމްރާ ކޮންފަރެންސް މި މަހުގެ 31 ގައި

ހައްޖާއި އުމްރާގެ ޚިދުމަތްދޭ ކުންފުނިތަކަށް ބާއްވާ ފުރަތަމަ "ހައްޖު އުމްރާ ކޮންފަރެންސް" މި މަހުގެ 31 ގައި ބާއްވަން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ މި ކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައިވާ ކަމަށެވެ.

މި ކޮންފަރެންސް މަގުސަދަކީ ހައްޖާއި އުމްރާގެ އަށް ގެންދިއުމުގެ ނިޒާމު ހަރުދަނާކުރުމާއި، ހައްޖާއި އުމްރާގެ ޚިދުމަތް ދެމުން އަންނަ ކުންފުނިތަކުގެ ޚިޔާލާއި މަޝްވަރާ ހޯދުން ކަމަށެވެ.

މި ކޮންފަރެންސް ބާއްވާނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.

އިސްލާމިކް މިނިސްޓްރީން އަންނަނީ ދީނީ މަސައްކަތްތަކާ ގުޅޭ ވަކިވަކި ދާއިރާތަކަށް ޢަމާޒުކޮށްގެން މަހާސިންތާތަކެއް ބާއްވަމުންނެވެ. އެގޮތުން މީގެކުރިން ވަނީ ޢިލްމުވެރިންގެ މަހާސިންތާ, ޖަމްޢިއްޔާ މަހާސިންތާ އަދި އިމާމުންގެ މަހާސިންތާ ކުރިއަށް ގެންގޮސްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު