Saturday, October 31
ޕީޕީއެމްގެ ނައިބަކަށް ޑރ.ޚަލީލް

ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ ޕީޕީއެމްގެ ނައިބު ރައީސަކަށް ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް އައްޔަންކޮށްފިއެވެ.

ޕީޕީއެމްގެ ނައިބު ރައީސަކަށް ޑރ. ޚަލީލް އައްޔަންކުރީ މިއަދު ބޭއްވި ޕީޕީއެމްގެ ސެނެޓު ބައްދަލުވުމުގައެވެ.

ޑރ. ޚަލީލް މި މަގާމަށް އައްޔަންކުރައްވާފައިވާއިރު، ސެނެޓު ބައްދަލުވުމުގައި ވަނީ ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް ޢަބްދުއްރައްޒާޤް ހަލީމް އައްޔަންކޮށްފައެވެ.

ޕީޕީއެމްގެ ނައިބު ރައީސަކަށް ޑރ. ޚަލީލު އައްޔަންކުރުމުން އެ ޕާޓީގައި މިހާރު ތިއްބަވާނީ ޖުމްލަ 3 ނައިބު ރައީސުންނެވެ.

ނައިބު ރައީސްގެ މަގާމުގައި ދެން ތިއްބަވަނީ ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމާއި، ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫނެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު