އާދިއްތަ, November 1
ފިހާރައެއްގެ ދޮރު ހަލާކުކޮށްލައިގެން ވަދެ، ވައްކަން ކުރި ބަޔަކު ހައްޔަރުކޮށްފި

މާވެޔޮމަގުގައި ހުރި ފިހާރައެއްގެ ދޮރު ހަލާކުކޮށްލައިގެން ވަދެ، ވައްކަން ކުރި ބަޔަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިރޭ ބުނީ މިއަދު ފަތިހު 4:20 ހާއިރު ފުލުހުން މާލެތެރެ ޕެޓްރޯލްކުރަމުން ދިޔައިރު، މާވެޔޮމަގުގައި ހުރި ފިހާރައެއްގެ ދޮރު ހަލާކުކޮށްލައިގެން ވަދެ ވައްކަންކޮށްފައިވާކަން ފާހަގަކުރެވިގެން، އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖު ބަލައި ދެނެގަނެ، ވައްކަންކުރި ކަމަށް ތުހުމަތުކުރެވޭ ތިން މީހުން ހޯދައި ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ ފިހާރައިން އެ މީހުން ވަގަށް ނެގިކަމަށް ބެލެވޭ ފައިސާއާއި، ސިނގިރޭޓު ކާޓޫންތަކެއް ހޯދާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކުރީ ގދ.ވާދޫ، އަތަމާގެ، އިޙުސާން އިބްރާހިމް (26 އ) އާއި، ގދ.ވާދޫ، ލިލީގެ، މުޙައްމަދު ސޮބާހު (46 އ) އަދި ރ.އިނގުރައިދޫ، ދަނބުރުއްދަށުގެ، އިބްރާހިމް މުޙައްމަދު ރަޝީދު (34 އ) ކަމަށެވެ.

މި މައްސަލާގައި އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އިޙުސާން 30 ދުވަހަށް އަދި އަނެއް ދެ މީހުން 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު