އާދިއްތަ, November 1
ދާލު އަމާންވެށީގެ ވަސީލަތްތައް ތަރައްގީކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

ދ.ކުޑަހުވަދޫގައި ހިނގަމުންދާ އަމާންވެށީގެ ވަސީލަތްތައް ތަރައްގީކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާބެހޭ ވުޒާރާއިން މިއަދު ބުނީ މި މަރުކަޒުގެ ވަސީލަތްތައް ތަރައްގީކުރުމަށް އެއްބަސްވުމެއް ގާއިމުކުރީ ޕަލްސް ހޮޓެލްސް އެންޑް ރިސޯރޓްސް އާއި، މަންޓާ އެއަރ އަދި ދާލު އެއާރޕޯޓުގެ އިޖުތިމާޢީ ހަރަކާތްތައް ކުރިއަރުވާ ޖަމިއްޔާ، ދަ ނޯޓިލަސް ފައުންޑޭޝަނާއެކު ކަމަށެވެ.

އިއްޔެ ސޮއިކުރެވުނު މި އެއްބަސްވުމުގެ ދަށުން ނޯޓިލަސް ފައުންޑޭޝަންގެ އެހީއާއެކު ދ.އަމާންވެށީގެ ގޯތިތެރޭގައި ޒަމާނީ ފެންވަރުގެ ޓަރފް ދަނޑެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން، ކުދިން ކިޔެވުމަށް އަމާންވެށި އިމާރާތުގައި ކުދިން ކިޔަވާނެ ޒޯނެއް ތަރައްގީ ކުރުމަށްޓަކައި ލައިބްރަރީ އޭރިއާއެއް ހެދުމުގެ މަސައްކަތް ކުރުމަށާއި، ކޮމްޕިއުޓަރ ސިސްޓަމްތަކާއި ކުދިން ކިޔަވާނެ ފޮތް ފަދަ ތަކެތި ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާބެހޭ ވުޒާރާއިން ބުނީ ދ.އަމާންވެށީގެ ޚިދުމަތްތައް ފުޅާކޮށް، ތަރައްގީކުރުމަށް އެޅިގެންދިޔަ މި މުހިންމު ފިޔަވަޅަކީ އަމާންވެށީގައި ޚިދުމަތް ފޯރުކޮށްދޭ ކުދިންނަށް ތައުލީމާއި، ދުޅަހެޔޮކަމާއި، މުނިފޫހިފިލުވުން ކުރިއެރުވުމަށް ކުރެވުނު މުހިންމު މަސައްކަތެއް ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު