Saturday, October 31
ތެލެސީމިއާ ހޮސްޕިޓަލު ހެދުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ތެލެސީމިއާ އެންޑް ހެމޮގްލޮބިނޯޕަތީސް ހޮސްޕިޓަލުގެ އިމާރަތް ހެދުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރީ ތެލެސީމިއާ ޕްރިވެންޝަން އެންޑް ކޮންޓްރޯލް މާސްޓްރަ ޕްލޭން 2024-2034 އިފްތިތާހުކުރުމަށް ކްރޮސްރޯޑްސްގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާހިމެވެ.

މެޑޯ އޭޝިއާގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ސްޓުއާޓް ޖޭ ވެނަރ ޕެކްގެ އެވެ. ޗިން ހިން އިންޖީނިއަރިން ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ރޮޖަރ ލިމް ސްވީކިއެޓްއެވެ.

މީގެއިތުރުން ހޮސްޕިޓަލު އިމާރާތްކުރުމަށް މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދޭން ހަމަޖެހިފައިވާ ސައިނޯމާ އިންޖީނިއަރިންގ އިންޑަސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރު ލިއު ޓާއޯއެވެ.

މި ހޮސްޕިޓަލު ބިނާކުރުމަށް ހުޅުމާލެ ދެވަނަ ފިޔަވަހިން ވަނީ 72،000 އަކަފޫޓުގެ ބިމެއް ހަމަޖައްސާފައެވެ.

އެންމެ ޒަމާނީ ވަސީލަތްތަކާއެކު ތެލަސީމިއާ ކުދިންނަށް ބޭނުންވާ ފަރުވާތައް ދެވޭ ގޮތަށް ހަދާ މި ހޮސްޕިޓަލުގައި ލެބޯޓްރީއާއި، ވޯޑްތަކާއި، ޕްރައިވެޓް ރޫމްތަކާއި، އައިސީޔޫއާއި، އެކަހެރިކޮށްގެން ފަރުވާދެވޭނެ އިންތިޒާމާއި، ގުނަވަން ބަދަލުކުރުމާއި ބޯންމެރޯއަށް ޓްރާންސްޕްލާން ޔުނިޓެއްވެސް ހިމެނޭނެއެވެ. އަދި ޖެނެޓިކް ސްކްރީނިންގ، ކައުންސެލިން ޚިދުމަތް ވެސް މި ހޮސްޕިޓަލުން ލިބިގެންދާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު