އާދިއްތަ, November 1
ފިހާރައަކަށް ވަދެ ބިރުދައްކައި ފޭރުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީ ހިތަދޫ ފިހާރައަކަށް ވަދެ ބިރުދައްކައި ފޭރުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ އައްޑޫ ސިޓީ ހިތަދޫ ފިހާރައަކަށް ވަދެ ބިރުދައްކައި ފޭރުނު މައްސަލައެއް މި މަހު 14 ވަނަ ދުވަހު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން 40 އަހަރުގެ ދިވެހި ފިރިހެނަކު އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށާއި، މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

އާންމުވެފައިވާ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުން ފިހާރައަކަށް ވަދެ ބިރުދައްކައި ފޭރުމުގެ އަމަލު ހިންގުމުގައި ދެ ފިރިހެނަކު ވަނީ ބައިވެރިވެފައެވެ. އޭގެތެރެއިން އެކަކު ލަކުޑިގަނޑެއް ހިފައިގެން ވަދެ ސޭޓަށް ބިރުދައްކާފައިވާއިރު، ދެން ހުރި މީހާ ވަނީ ވަޅި ބޭނުންކޮށްގެން ބިރުދައްކާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު