އާދިއްތަ, November 1
ވީއައިއޭގެ ކުރީގެ ރަންވޭ މަރާމާތުކުރަން ޗައިނާގެ ބީޔޫސީޖީއާ ހަވާލުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ކުރީގެ ރަންވޭ މަރާމާތުކުރުމުގެ މަސައްކަތް ޗައިނާގެ ބެއިޖިންގ އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާ މިއަދު ހަވާލުކޮށްފިއެވެ.

މި މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައިި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އިބްރާހިމް ޝަރީފެވެ. އަދި ބީޔޫސީޖީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ލޫ ވެއިއެވެ.

ވީއައިއޭގެ ފުރަތަމަ ރަންވޭ މިހާރުު ބޭނުންކުރަމުން އަންނަނީ ޓެކްސީވޭއެއްގެ ގޮތުގައެވެ. ބީޔޫސީޖީއާ ހަވާލުކުރީ މި ޓެކްސީވޭ އާކޮށް، ޒަމާނީ ކުރުމުގެ މަސައްކަތެވެ.

އެމްއޭސީއެލްއިން ބުނި ގޮތުގައި ބީޔޫސީޖީއާ މި މަަސައްކަތް ހަވާލުކުރީ 2027 ވަނަ އަހަރުގައި ނިންމާ ގޮތަށެވެ.

މި މަސައްކަތުގެ ދަށުން ރަންވޭ ހަދާނީ ޕެރެލަލް ޓެކްސީވޭއެއްގެ ގޮތުގައެވެ. އަމަލީ މަސައްކަތް ފަށަން ހަމަޖެހިފައިވަނީ ނޮވެންބަރުމަހުއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު