އާދިއްތަ, November 1
މަރަދޫ ގެއެއްގެ ތެރޭގައި ހުރި އޭސީތަކެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް!

އައްޑޫ ސިޓީ މަރަދޫ ގެއެއްގެ ތެރޭގައި ހުރި އޭސީތަކެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން މިރޭ ބުނީ މި ހާދިސާގެ ރިޕޯޓް ލިބުނީ މިއަދު ހަވީރު 17:13 ހާއިރު ކަމަށެވެ.

އެމްއެންޑީއެފް ސަދަން އޭރިއާ، ހިތަދޫ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށާއި، މިގޮތުން، ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ ހަވީރު 17:45 ހާއިރު ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައެއް ނުވާކަމަށް ވެސް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު