Saturday, October 31
ސައިބަރ ކުށްތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައި ކާމިޔާބީތަކެއް ހާސިލުކުރެވިއްޖެ: ސީޕީ

ސައިބަރ ކުށްތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައި ކާމިޔާބީތަކެއް ވަނީ ހާސިލު ކުރެވިފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވެއްޖެއެވެ.

ސީޕީ މިހެން ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ސައިބަރ ކްރައިމް ސެންޓަރުގެ މީސްމީޑިއާ މަންސަތައް ތައާރަފުކޮށްދެއްވައި ދެއްވި ބަސްދީގަތުމެއްގައެވެ.

ސީޕީ ވިދާޅުވީ ސައިބަރ ކުށްތައް ތަހުގީގު ކުރުމުގެ ގާބިލުކަން ދުވަހެއް ދުވަހަކަށް އިތުރުކުރެވެމުންދާއިރު، އަމާޒަކީ އެންމެނަށް ރައްކާތެރި ސައިބަރ މާހައުލެއް ކަށަވަރުކުރުން ކަމަށާއި މިފަދަ ކުށްތަކަށް އަރައިގަންނަ ފަރާތްތަކާއި ދެކޮޅަށް މަސައްކަތް ކުރުމަށް ޒަމާނީ ޓެކްނޮލޮޖީ އާއި ވަސީލަތްތައް ގާއިމުކޮށް ސްޓްރެޓެޖީތައް ތަންފީޒުކޮށް ރާއްޖެއަކީ ޑިޖިޓަލް މުއާމަލާތްތަކަށް ރައްކާތެރި ތަނެއްގެ ގޮތުގައި ދެމިއޮތުން ކަމަށެވެ.

މީގެއިތުރުން ސީޕީ ވަނީ އިންޓަރނެޓު މެދުވެރިކޮށް ހިންގާ ކުށްތަކުގެ ނުރައްކާ މިހާރު އޮތް މިންވަރާ މެދު ކަންބޮޑުވާންޖެހޭކަން ފާހަގަކުރައްވައި، ސްކޭމްގެ އެކި ހަމަލާތަކުގެ ޝިކާރައަކަށްވާ މީހުން ގިނަ ކަމަށް ވިދާޅުވެފައެވެ.

އެހެންކަމުން އެކަމަށް ހޭލުންތެރިވެ މިފަދަ ކަންކަން ދެނެގަތުން ދަސްކުރުމަކީ މިފަދަ ކުށްތަކުން ރައްކާތެރިވުމަށް އެޅޭނެ އެންމެ ފުރަތަމަ އަދި އެންމެ މުހިންމު ފިޔަވަޅު ކަމަށް ސީޕީ ވިދާޅުވިއެވެ.

ސީޕީ ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގޭ ކުށްތަކުން ރައްކާތެރިވުމާ ގުޅޭ ގިނަ މައުލޫމާތު ފުލުހުންގެ ސައިބަރ ކުށްތައް ތަހުގީގުކުރާ ބަހާގަ އަލަށް އުފެދިގެންދާ ސޯޝަލް މީޑިއާ ޕްލެޓް ފޯމްތަކުން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ވެސް ދެއްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު