އާދިއްތަ, November 1
ރައީސް ޑރ.މުޢިއްޒު އދ. އަށް ކުރެއްވި ދަތުރުފުޅަށް ދައުލަތުގެ ބަޖެޓުން ހޭދަވީ 2.4 މިލިއަން ރުފިޔާ

އެކުވެރި ދައުލަތްތަކުގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ މަހުގައި އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ދައުލަތުގެ ބަޖެޓުން 2.4 މިލިއަން ރުފިޔާ ޚަރަދުވި ކަމަށް ރައީސް އޮފީހުން މިއަދު ބުނެފިއެވެ.

ރައީސް އޮފީހުން މިއަދު ވަނީ އެ ދަތުރުފުޅަށް ސަރުކާރުން ކުރި ޚަރަދުގެ ތަފްސީލު އާންމުކޮށްފައެވެ.

ރައީސް އޮފީހުން ބުނީ މި ދަތުރުފުޅަށް ދިވެހި ސަރުކާރުން 2,455,583.01 ރުފިޔާ ޚަރަދު ކަމަށެވެ.

މިދިޔަ ރިޔާސީ ދައުރުގައި އދ. ގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އޭރުގެ ރައީސުލްޖުމްހޫރިއްޔާ ނިއުޔޯކަށް ވަޑައިގެންނެވީ 2019 އާއި، 2021 ގައެވެ.

ރައީސް އޮފީހުން ބުނީ ފުރަތަމަ ދަތުރުފުޅަށް 4,171,832.42 ރުފިޔާ ޚަރަދުވިއިރު، ދެވަނަ ދަތުރުފުޅަށް 5,349,505.88 ރުފިޔާ ސަރުކާރުން ހޭދަކޮށްފައިވާ ކަމަށެވެ.

އެހެންކަމުން މިފަހަރުގެ ދަތުރުފުޅަށް ސަރުކާރުން ކުރި ޚަރަދު ކުރީ ދެފަހަރާ އަޅާބަލާއިރު ވަރަށް ބޮޑަށް ކުޑަކުރެވިފައިވާ ކަމަށް ރައީސް އޮފީހުން ފާހަގަކުރިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު