Monday, November 2
ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް: ކުޑަކުއްޖަކު ހިމެނޭހެން 4 މީހަކަށް އަނިޔާވި

ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 4 މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުންގެ ޚިދުމަތުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، މިއަދު ހެނދުނު ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި މި އެކްސިޑެންޓް ހިނގީ ދެ ސައިކަލެއް ޖެހިގެން ކަމަށެވެ.

އެކްސިޑެންޓްވިއިރު ދެ ސައިކަލުގައި ހަތަރު މީހުން ތިއްބެވެ. އޭގެތެރޭގައި ކުޑަކުއްޖަކު ވެސް ހިމެނެއެވެ.

ފުލުހުން ބުނީ ކުޑަކުއްޖާ ހިމެނޭހެން އެ އެންމެންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށާއި، އެ މީހުންނަށް ފަރުވާ ދިނުމަށް ހުޅުމާލޭ ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށެވެ.

މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު