އާދިއްތަ, November 29
ވިޝް ސަމިޓުގައި ބައިވެރިވުމަށް ފަސްޓްލޭޑީ ޤަޠަރަށް ފުރާވަޑައިގެންފި

ޤަޠަރުގެ ދޯހާގައި ބާއްވާ ވޯލްޑް އިނޮވޭޝަން ސަމިޓް ފޯ ހެލްތް (ވިޝް 8) ގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިރޭ ޤަޠަރަށް ފުރާވަޑައިގެންފިއެވެ.

ފަސްޓްލޭޑީ މި ސަމިޓުގެ އަށްވަނަ އެޑިޝަންގައި ބައިވެރިވެވަޑައިގަންނަވަނީ، ޤަޠަރު ފައުންޑޭޝަންގެ ޗެއަރޕަރސަން ޝެއިޚާ މޯޒާ ބިންތު ނާޞިރު ދެއްވި ރަސްމީ ދަޢުވަތަކަށެވެ.

ސަމިޓުގެ ތެރޭގައި "ގްލޯބަލް ހެލްތް ބިޔޯންޑް 2030: އިމަރޖިންގ ހެލްތު ޗެލެންޖަސް، ކޯޕަރޭޝަން، އެންޑް ދަ ރޯލް އޮފް މިޑްލް ޕަވަރސް" ގެ ނަމުގައި ބާއްވާ މަތީ ފަންތީގެ ރައުންޑްޓޭބަލް މަޝްވަރާއެއްގައި ފަސްޓްލޭޑީ ތަޤުރީރުކުރައްވާނެއެވެ. އަދި ސަމިޓުގައި ބައިވެރިވެވަޑައިގަންނަވާ އެކި ޤައުމުތަކުގެ ޢިއްޒަތްތެރިންނާ ވެސް އެކަމަނާ ބައްދަލުކުރައްވާނެއެވެ.

ޤަޠަރު ފައުންޑޭޝަނުން އިންތިޒާމުކުރާ ވިޝް ސަމިޓަކީ، ޞިއްޙީ ދާއިރާގެ މުހިންމު މައްސަލަތަކަށް ޙައްލު ހޯދުމަށާއި ޢަމަލީ ސިޔާސަތުތައް އެކުލަވާލުމަށްޓަކައި، ދުނިޔޭގެ ޞިއްޙީ ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކާއި، އައު އީޖާދުތައް ގެންނަ ފަރާތްތަކާއި، އެކަޑެމިކް ބޭފުޅުންނާއި އިސްވެރިން އެއްތަނަކަށް ގެނެސްދޭ މުހިންމު ސަމިޓެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު