އާދިއްތަ, November 29
އައްޑޫ ހުޅުދޫ ޑަބްލިއުޑީސީގެ ގޮނޑި ޕީއެންސީގެ ނަބާހާ ކާމިޔާބުކުރައްވައިފި

މިއަދު ބޭއްވި ބައި-އިލެކްޝަންގެ ވަގުތީ ނަތީޖާއިން، އައްޑޫ ސިޓީ ހުޅުދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ މެންބަރުކަމުގެ ގޮނޑި ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓު ފާތިމަތު ނަބާހާ ކާމިޔާބުކުރައްވައިފިއެވެ.

ނަބާހާ އެ ގޮނޑި ކާމިޔާބުކުރެއްވީ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކެންޑިޑޭޓު ފާތިމަތު މުނީރުއާ ވާދަކުރައްވައިގެންނެވެ.

މި ބައި-އިލެކްޝަނުގައި ހުޅުދޫ ދާއިރާއިން ވޯޓުލުމުގެ ޙައްޤު ލިބިފައިވަނީ 2،903 މީހަކަށެވެ.

މިއަދު 08:00 އިން 16:00 އަށް ވޯޓުލުން ކުރިއަށްދިޔަ ބައި-އިލެކްޝަންތަކުގައި ހުޅުދޫގެ އިތުރުން، ވ. ތިނަދޫ ކައުންސިލުގެ ރައީސްގެ މަޤާމަށާއި، ހއ. ވަށަފަރާއި ވ. ތިނަދޫގެ ޑަބްލިއުޑީސީތަކުގެ ހުސް މަޤާމުތަކަށް މީހުން ހޮވުމަށް ވެސް ވޯޓުލިއެވެ.

އެގޮތުން، ވ. ތިނަދޫ ކައުންސިލުގެ ރައީސްކަމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި ޝުޖާއު އަލީ އަލުން އިންތިޚާބުވެވަޑައިގެންފައިވާއިރު، ހއ. ވަށަފަރު ޑަބްލިއުޑީސީގެ ބައި-އިލެކްޝަން ރިޝްމާ އާދަމް ވަނީ ކާމިޔާބުކުރައްވާފައެވެ.

މާލެ ސަރަހައްދުގައި 5 ވޯޓުފޮށްޓާއި އަތޮޅުތެރޭގައި 5 ވޯޓުފޮށި ހިމެނޭ ގޮތަށް ޖުމްލަ 10 ވޯޓުފޮށި ބެހެއްޓި މި އިންތިޚާބުތަކުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވަނީ 3،776 މީހަކަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު