އާދިއްތަ, November 29
ވޭތުވެދިޔަ ހަފުތާގައި ކޯސްޓްގާޑުން 50 މެޑިކަލް އިވެކުއޭޝަން ހަދައިދީފި

ވޭތުވެދިޔަ ހަފުތާގެ ތެރޭގައި ބަލިމީހުން އުފުލުމުގެ 50 މެޑިކަލް އިވެކުއޭޝަން ދަތުރު ކޯސްޓްގާޑުން ކޮށްފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަކޮށްފިއެވެ.

އެމްއެންޑީއެފުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން، މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން މިދިޔަ އަންގާރަ ދުވަހާ ހަމައަށް ކޯސްޓްގާޑުގެ އެކި އުޅަނދުފަހަރު ބޭނުންކޮށްގެން މި 50 ދަތުރު ވަނީ ކޮށްފައެވެ.

މި މުއްދަތުގައި އެންމެ ގިނަ ދަތުރު ކޮށްފައިވަނީ ކޯސްޓްގާޑުގެ ފުރަތަމަ ސްކޮޑްރަންއިންނެވެ. އެ ސްކޮޑްރަންއިން 29 ދަތުރު ކޮށްފައިވާއިރު، ދެވަނަ ސްކޮޑްރަންއިން 7 ދަތުރާއި ތިންވަނަ ސްކޮޑްރަންއިން 9 ދަތުރު ކޮށްފައިވެއެވެ.

ހަތަރުވަނަ ސްކޮޑްރަންއިން 5 ދަތުރު ކޮށްފައިވާއިރު، މި މުއްދަތުގައި ކޯސްޓްގާޑުގެ ސީ އެމްބިއުލާންސް އެއްވެސް ދަތުރެއްގައި ބޭނުންކޮށްފައެއް ނުވެއެވެ.

މިދިޔަ އޮކްޓޫބަރު މަހަކީ ވެސް ކޯސްޓްގާޑުން ބަލިމީހުން އުފުލުމުގެ ގިނަ ދަތުރުތަކެއް ކޮށްފައިވާ މަހެކެވެ. އެ މަހު 250 އަށް ވުރެ ގިނަ ދަތުރު ވަނީ ކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު