އާދިއްތަ, November 29
ވ. ތިނަދޫ ކައުންސިލުގެ ރައީސް ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިފި

ވ. ތިނަދޫ ކައުންސިލުގެ ރައީސާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ ހުސްވެފައިވާ މަޤާމުތަކަށް މީހުން ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓުލުން މިއަދު ހެނދުނު ފަށައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން (އީސީ) ހާމަކުރި ގޮތުގައި، މި ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށްދާނީ 08:00 އިން ފެށިގެން 16:00 އާ ހަމައަށެވެ.

މިއަދު ވޯޓުލަނީ ވ. ތިނަދޫ ކައުންސިލުގެ ރައީސް ހޮވުމަށާއި، ހއ. ވަށަފަރު ޑަބްލިއުޑީސީގެ ރައީސް ހޮވުމަށެވެ. މީގެ އިތުރުން، ވ. ތިނަދޫ އަދި އައްޑޫ ސިޓީ ހުޅުދޫ ޑަބްލިއުޑީސީތަކަށް މެންބަރުން ހޮވުމަށްވެސް ވޯޓުލުން ކުރިއަށްދެއެވެ.

އީސީން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި އިންތިޚާބުތަކުގައި ވޯޓުލުމުގެ ޙައްޤު ލިބިގެންވަނީ ޖުމްލަ 3،776 މީހަކަށެވެ. އެ މީހުންނަށް ވޯޓުލުމުގެ ފުރުޞަތު ދިނުމަށްޓަކައި އަތޮޅުތެރޭގައި 5 ވޯޓުފޮށި އަދި ގްރޭޓަރ މާލެ ސަރަހައްދުގައި 5 ވޯޓުފޮށި ހިމެނޭ ގޮތަށް ޖުމްލަ 10 ވޯޓުފޮށި ވަނީ ބަހައްޓާފައެވެ.

އިންތިޚާބުގެ މަސައްކަތްތަކުގައި 81 އޮފިޝަލުން ހަރަކާތްތެރިވަމުންދާއިރު، 100 އަށްވުރެ ގިނަ މޮނިޓަރުންނާއި އޮބްޒާވަރުންނާއި ކެންޑިޑޭޓުންގެ މަންދޫބުން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

މި ބައި-އިލެކްޝަންގެ ރަސްމީ ނަތީޖާ އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 30 ވާ ހޯމަ ދުވަހުއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު