Saturday, November 28
ފެންބޮޑުވުމުން ހުޅުމާލޭ ސަހަރާގައި މީހުން ވަޅުލުން އަނެއްކާވެސް މެދުކަނޑާލައިފި

ބޯކޮށް ވާރޭވެހި ހުޅުމާލެ ސަހަރާގެ ކަށްވަޅުތަކުގައި ފެންބޮޑުވުމުން، މިއަދުން ފެށިގެން އެ ސަހަރާގައި މީހުން ވަޅުލުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ، ހުޅުމާލެ ސަހަރާގައި ވަޅުކޮނުމުން ކަށްވަޅުގައި 6 އިންޗިއާއި 7 އިންޗިއާ ދެމެދުގެ މިންވަރަކަށް ފެން އޮތުމުގެ ސަބަބުން މީހުން ވަޅުލުން މެދުކަނޑާލަން ޖެހުނު ކަމަށެވެ.

އެހެންކަމުން، މައްޔިތުން ވަޅުލުމުގެ އިންތިޒާމުތައް މިހާރު ވަނީ މާލޭ އާސަހަރާއަށް ބަދަލުކޮށްފައެވެ.

ބޯކޮށް ވާރޭވެހިއްޖެނަމަ، ފެންބޮޑުވުމުގެ މައްސަލަ ހުޅުމާލެ ސަހަރާއަށް ގިނައިން ދިމާވެއެވެ. މި މައްސަލަ ހައްލުކުރުމަށް މާލެ ސިޓީ ކައުންސިލުން މިދިޔަ އަހަރުތަކުގައިވެސް މަސައްކަތްތަކެއް ކޮށްފައިވެއެވެ.

މީގެ ކުރިން، މިދިޔަ މަހާއި 2025 ވަނަ އަހަރުގެ ޖަނަވަރީ މަހާއި މާރިޗު މަހުވެސް ހުޅުމާލެ ސަހަރާގައި ފެން ނުހިނދޭތީ މީހުން ވަޅުލުން ވަގުތީ ގޮތުން މެދުކަނޑާލާފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު