Saturday, November 28
އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން މިއަދު ފަށައިފިއެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެންބަރުންނާއި، ރަށު އަދި ސިޓީ ދާއިރާތަކުގެ ނައިބު ރައީސުންނާއި ސެކްރެޓަރީން އިންތިޚާބުކުރުމަށް ބާއްވާ މި އިންތިޚާބުގެ ވޯޓުލުން ފެށީ މެންދުރުފަހު 14:30 ގައެވެ. ވޯޓުލުން މިރޭ 20:00 އާ ހަމައަށް ކުރިއަށްދާނެއެވެ.

މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބެނީ މިދިޔަ މަހުގެ 20 ގެ ކުރިން ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީވެ، ވޯޓުލާ ދުވަހާ ހަމައަށް މެދުކެނޑުމެއް ނެތި ޕާޓީގެ މެންބަރެއްގެ ގޮތުގައި ދެމިތިބި މެންބަރުންނަށެވެ.

މާލޭގައި ދިރިއުޅޭ މެންބަރުންނަށް ވޯޓުލުމަށް ވޯޓުފޮށިތައް ބަހައްޓާފައިވަނީ އެކިއެކި ސްކޫލްތަކުގައެވެ. މި އިންތިޚާބުގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ މާލެއިންނެވެ.

ކެމްޕެއިނުގެ ހަރަކާތްތައް މައިގަނޑު ގޮތެއްގައި ބެހިފައި އޮތީ ދެ ޓީމަކަށެވެ. އެއީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ތާއީދާއެކު ނުކުންނަ "ޓީމު އެމްޑީޕީ" އާއި، ޕާޓީގެ ޗެއަރޕާސަން ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލްގެ ތާއީދާއެކު ނުކުންނަ "ބޮޑު ބަދަލު" ޓީމެވެ.

ޕާޓީގެ ޤައުމީ މަޖިލީހުގެ އިންތިޚާބު ބާއްވަން ނިންމީ މިދިޔަ މަހު ބޭއްވި އެމްޑީޕީގެ ކޮންގްރެސްގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު