Saturday, November 28
ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާގައި ހިތްވަރުގަދަ ޚިދުމަތްތަކެއް ކުރެއްވި ނަސީމު އަވަހާރަވެއްޖެ

ދިވެހި އަސްކަރިއްޔާގައި ދިގު މުއްދަތެއްގައި ޚިދުމަތްކުރެއްވި، އަދި ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާގައި ހިތްވަރުގަދަ ޚިދުމަތްތަކެއް ކުރެއްވި ސާޖަންޓް މޭޖާ (ރިޓަޔާޑް) އަޙްމަދު ނަސީމު އަވަހާރަވެއްޖެއެވެ.

ނަސީމު އަވަހާރަވެފައިވަނީ އިއްޔެއެވެ. އަވަހާރަވިއިރު އޭނާގެ އުމުރުފުޅަކީ 68 އަހަރެވެ. ނަސީމުގެ ޖަނާޒާ އޮތީ ހުޅުމާލޭ ސަހަރާ މިސްކިތުގައި ފަތިސް ނަމާދަށް ފަހުއެވެ.

ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާ ދިން ދުވަހު، އެއިރުގެ ޑިފެންސް މިނިސްޓަރުގެ ނައިބު އިލްޔާސް އިބްރާހީމް މ. ގައްދަޑުގޭގައި ހުންނެވިއިރު، އެ ސަރަހައްދުގެ ސެކިޔުރިޓީ ބެލެހެއްޓުމުގައި ނަސީމު ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ.

މީގެ އިތުރުން، އެ ދުވަހު މއ. ކިނބިގަސްދޮށުގެއިން ގެނެސްފައި ހުރި ވަޒަންތައް އެންމެ ފުރަތަމަ މެގަޒިންތަކަށް ލެއްވުމުގެ މަސައްކަތްވެސް ކުރެއްވީ ނަސީމު ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ނަސީމަކީ އަސްކަރިއްޔާގައި އިހުލާސްތެރި އަދި ނަމޫނާ ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ. ކުރައްވާ މަސައްކަތެއްގައި ތެދުވެރިކަމާއި އިހުލާސްތެރިކަން ދެއްކެވި، ކަމަށް ކަމޭހިތުމާއި ވެރިންނަށް އިހުތިރާމުކުރުމުގެ ފުރިހަމަ މިސާލެއްގެ ގޮތުގައި އޭނާ ދަންނަ ފަރާތްތަކުން ނަސީމު ސިފަކުރައްވައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު