Thursday, November 26
ހައިކޯޓުގެ ހުސް ފަނޑިޔާރުކަމުގެ މަޤާމަށް 9 ބޭފުޅަކު ކުރިމަތިލައްވައިފި

ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުސްވެފައިވާ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި، އެ ކޯޓުގެ ކުރީގެ އިސްފަނޑިޔާރު ޝުޖާއު އުޘްމާން ހިމެނޭ ގޮތަށް 9 ބޭފުޅަކު ކުރިމަތިލައްވައިފިއެވެ.

މި މަޤާމަށް ކުރިމަތިލުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ފުރުޞަތު ހުޅުވާލީ، ހައިކޯޓުގެ ފަނޑިޔާރު އިބްރާހީމް މާހިރު ރިޓަޔާކުރެއްވުމާ ގުޅިގެންނެވެ.

ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ކުރީގެ ފަނޑިޔާރުންނާއި، ޝަރުޢީ ދާއިރާއާއި ޤާނޫނީ ވަކީލުކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. ޝުޖާއު އުޘްމާންގެ އިތުރުން، އާދަމް އާރިފް ވެސް މި މަޤާމަށް ކުރިމަތިލައްވާފައިވެއެވެ.

ޖޭއެސްސީން ދެން ކުރިއަށް ގެންދާނީ، ކުރިމަތިލެއްވި ބޭފުޅުންގެ ޝަރުޠުތައް ހަމަވޭތޯ ބެލުމަށް ފަހު އިންޓަވިއު ކުރުމުގެ މަރުޙަލާއެވެ.

ހައިކޯޓަށް ފަނޑިޔާރަކު ހޯދުމުގެ މަސައްކަތް ޖޭއެސްސީން ކުރަމުން ދާއިރު، ހައިކޯޓުގެ ފަނޑިޔާރުންގެ އަދަދު 11 އިން 15 އަށް އިތުރުކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ވަނީ ހުށަހަޅާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު