Thursday, November 26
ނައިބު ރައީސް ރަސްމީ ދަތުރުފުޅެއްގައި ދ. ރިނބުދޫއަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ރަސްމީ ދަތުރުފުޅެއްގައި މިއަދު ދ. ރިނބުދޫއަށް ވަޑައިގެންފިއެވެ.

ނައިބު ރައީސް ރިނބުދޫއަށް ވަޑައިގެންނެވުމުން، ރަށު ކައުންސިލާއި ރައްޔިތުން އެމަނިކުފާނަށް ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

މި ދަތުރުފުޅުގައި ރިނބުދޫގައި ޢިމާރާތްކޮށްފައިވާ "ބަނދަރުހިޔާ" ނައިބު ރައީސް ރަސްމީގޮތުން ހުޅުއްވައިދެއްވުމަށް ހަމަޖެހިފައިވާއިރު، އެ ރަސްމިއްޔާތު ބާއްވާނީ މިރޭ އެ ރަށުގައެވެ.

ބަނދަރުހިޔާއަކީ ރަށަށް ލަފާފުރާ ފަރާތްތަކަށް އަވިންނާއި ވާރެއިން ހިޔާވެ ތިބެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި، ރަށު ކައުންސިލުގެ އިސްނެގުމުގައި ބަނދަރު ސަރަޙައްދުގައި ތަރައްޤީކޮށްފައިވާ 60 މީހުންގެ ޖާގައިގެ ފެރީ ޓާމިނަލެކެވެ.

ބަނދަރުހިޔާ ހުޅުވުމުގެ ރަސްމިއްޔާތުގައި ރިނބުދޫގެ ރައްޔިތުން ބައިވެރިވުމަށް ރަށު ކައުންސިލުން ވަނީ އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު