Thursday, November 26
އެމްއޭސީއެލްގެ މުވައްޒަފުންނަށް އަހަރީ ބޯނަސް ދިނުމަށް އޭޖީއެމުން ފާސްކޮށްފި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މުވައްޒަފުންނަށް މި އަހަރުގެ އަހަރީ ބޯނަސް ދިނުމަށް ކުންފުނީގެ އަހަރީ އާންމު ޖަލްސާއިން ފާސްކޮށްފިއެވެ.

އެމްއޭސީއެލްގެ އަހަރީ އާންމު ޖަލްސާ ބޭއްވީ މިއަދު ހެނދުނުއެވެ. މި ޖަލްސާގައި ބޯނަސް ދިނުމަށް ނިންމި ނަމަވެސް، މުވައްޒަފުންނަށް ދޭނެ ބޯނަހުގެ އަދަދެއް ކުންފުނިން އަދި ހާމަކޮށްފައެއް ނުވެއެވެ.

އެމްއޭސީއެލްގެ ހުރިހާ މުވައްޒަފުންނަށް ވެސް އަހަރީ ބޯނަސް ދިނުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ މީގެ ކުރިން ނިންމާފައެވެ. ނަމަވެސް، އުސޫލުގެ ތެރެއިން އެ ނިންމުން ކުންފުނީގެ އަހަރީ އާންމު ޖަލްސާއަށް ހުށަހަޅައިގެން ފާސްކުރަން ޖެހެއެވެ. އެގޮތުން މިއަދުގެ ޖަލްސާގައި ނިންމީ ބޯޑުގެ ނިންމުމަށް ތާއީދުކޮށް އެކަން ފާސްކުރުމަށެވެ.

އެމްއޭސީއެލްގައި މިހާރު 5،000 އަށްވުރެ ގިނަ މުވައްޒަފުން ވަޒީފާ އަދާކުރެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު