Thursday, November 26
ތެލެސީމިއާއަށް ފަރުވާ ހޯދާ މީހުންނަށް އާރުޓީއެލް ފެރީއާއި ބަހުގެ ޚިދުމަތް ހިލޭ ދޭން ފަށައިފި

ތެލެސީމިއާއަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)ގެ ފެރީއާއި ބަހުގެ ޚިދުމަތް ހިލޭ ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މިއަދުން ފެށިގެން މި ބަދަލު ގެނެސްފައިވާ ކަމަށާއި، ތެލެސީމިއާއަށް ފަރުވާ ހޯދާކަން އަންގައިދޭ ކާޑެއް އޮންނަ ކޮންމެ މީހަކަށާއި، އެ މީހަކާއެކު ދަތުރުކުރާ އެހީތެރިއަކަށް ވެސް މި ޚިދުމަތް ހިލޭ ލިބޭނެ ކަމަށެވެ.

ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށާއި، އުމުރުން 65 އަހަރުން މަތީގެ މީހުންނަށް އާރުޓީއެލް ފެރީއާއި ބަހުގެ ޚިދުމަތް މިހާރު ވެސް ހިލޭ ލިބެމުންދެއެވެ. މީގެ އިތުރުން، އުމުރުން 3 އަހަރުން ދަށުގެ ކުޑަކުދިންނަށާއި ސްކޫލް އަދި ޔުނިވަރސިޓީ ދަރިވަރުންނަށް ވެސް މި ޚިދުމަތް ހިލޭ ލިބެއެވެ.

މި އިންތިޒާމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް އެމްޓީސީސީގެ ހޮޓްލައިން 1650 ނުވަތަ 7369221 އަށް ގުޅައިގެން މަޢުލޫމާތު ސާފުކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު