ހޭންޑްބޯލް މޯލްޑިވްސް ހިންގަމުންދާ އޮފީސް އިމާރާތުގައި މިއަދު ހެނދުނު އަލިފާން ރޯވެއްޖެއެވެ.
އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ބުނީ، މި ހާދިސާގެ މަޢުލޫމާތު ލިބުނީ ހެނދުނު 06:05 ހާއިރު ކަމަށާއި، މަޢުލޫމާތު ލިބުމާއެކު މާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފެށި ކަމަށެވެ.
ސިފައިން ބުނި ގޮތުގައި، އަލިފާން އިތުރަށް ފެތުރިގެން ދިޔަނުދީ 06:21 ހާއިރު ވަނީ އެއްކޮށް ނިއްވާލާފައެވެ.
މި ހާދިސާގެ ސަބަބުން އިމާރާތަށް އެކިވަރުގެ ގެއްލުންތައް ލިބުނު ނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.






