Wednesday, November 25
ގދ. ވާދޫގެ ބީއެމްއެލް އޭޓީއެމްއަށް ގެއްލުންދިން މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި

ގދ. ވާދޫގައި ބަހައްޓާފައިވާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމްއަކަށް ގެއްލުންދީފައިވާ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ، އެ މައްސަލަ މިއަދު ހެނދުނުގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށާއި، މައްސަލަ މިހާރު ދަނީ ތަހުގީގުކުރަމުން ކަމަށެވެ. ނަމަވެސް އޭޓީއެމްއަށް ލިބިފައިވާ ގެއްލުމުގެ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކާއި ވީޑިއޯއިން ފެންނަ ގޮތުގައި، އޭޓީއެމް މެޝިނަށް ވަނީ ކުނިކަހާ ފިހިގަނޑެއް ޖަހާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު