Wednesday, November 25
އޭޕީޑީއައިއެމްގެ ގަވަރނިންގ ބޯޑުގެ ރިޔާސަތަށް ރާއްޖެ އިންތިޚާބުކޮށްފި

އޭޝިއަން އެންޑް ޕެސިފިކް ސެންޓަރ ފޮރ ދަ ޑިވެލޮޕްމަންޓް އޮފް ޑިޒާސްޓަރ އިންފޮމޭޝަން މެނޭޖްމަންޓް (އޭޕީޑީއައިއެމް)ގެ ގަވަރނިންގ ބޯޑުގެ ރިޔާސަތު ބެލެހެއްޓުމަށް ރާއްޖެ މިއަދު އިންތިޚާބުކޮށްފިއެވެ.

ރާއްޖެ މި މަޤާމަށް އިންތިޚާބުކުރީ، ހުޅުމާލޭގެ މަންހަޓަން ގްރޭންޑްގައި ބޭއްވި އޭޕީޑީއައިއެމްގެ ގަވަރނިންގ ބޯޑުގެ 11 ވަނަ ބައްދަލުވުމުގައެވެ. ރާއްޖެއަށް ރިޔާސަތު ލިބުމާ ގުޅިގެން، މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް އައިޝަތު ފަސޫރާއެވެ.

އޭޝިޔާއާއި ޕެސިފިކް ސަރަހައްދުގެ 11 ޤައުމެއް ހިމެނޭ އޭޕީޑީއައިއެމްގެ މައިގަނޑު މަސައްކަތަކީ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމާއި ކާރިސީ ހިރާސް ކުޑަކުރުމުގެ މަސައްކަތް ހަރުދަނާކުރުމެވެ. އެގޮތުން، އެކި މުއައްސަސާތަކުގައި ހުރި ކާރިސީ މަޢުލޫމާތު އެއް ތަނަކުން ލިބޭނެ ނިޒާމެއް ޤާއިމުކުރުމާއި، ސިޔާސަތުތައް ކަނޑައެޅުމުގައި މަޢުލޫމާތާއި ޑާޓާގެ ބޭނުން ހިފުމަށް ބާރުއެޅުން ހިމެނެއެވެ.

މީގެ އިތުރުން، މެންބަރު ޤައުމުތަކަށް ބޭނުންވާ ތަމްރީނުތައް ހިންގައި، އެ ޤައުމުތަކުގެ ފަންނީ ޤާބިލުކަން އިތުރުކުރުމަކީ ވެސް އޭޕީޑީއައިއެމްގެ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އޭޕީޑީއައިއެމް އަކީ އދ. ގެ އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޮރ އޭޝިއާ އެންޑް ދަ ޕެސިފިކް (ޔޫއެން އެސްކެޕް)ގެ ދަށުން ހިންގާ ސަރަހައްދީ ޖަމިއްޔާއެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު