ކ. ހުރާގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ގަވާއިދާ ޚިލާފަށް އުޅޭ 43 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން "އެކްސް"ގައި ހާމަކުރި ގޮތުގައި، ގަވާއިދާ ޚިލާފަށް ވިޔަފާރިކޮށް، މަސައްކަތްކުރާ ބިދޭސީން ބަލައިފާސްކުރުމަށް ޓާސްކުފޯހުން މި އޮޕަރޭޝަން ހިންގީ އިއްޔެ 06:00 އިން 17:00 އަށެވެ.
މި އޮޕަރޭޝަނުގައި ޖުމްލަ 341 މީހަކު ބަލައިފާސްކޮށް، އޭގެ ތެރެއިން 43 މީހަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ހިންގާ އޮޕަރޭޝަންތައް މާލެ ސަރަހައްދުގެ އިތުރުން ރަށްރަށަށް ވެސް ވަނީ ފުޅާކޮށްފައެވެ.






