Wednesday, November 25
ހައިކޯޓުގެ ފަނޑިޔާރުންގެ އަދަދު 11 އިން 15 އަށް އިތުރުކުރުމަށް ބިލެއް ހުށަހަޅައިފި

ހައިކޯޓުގެ ފަނޑިޔާރުންގެ އަދަދު 11 އިން 15 އަށް އިތުރުކުރުން ހިމެނޭ ގޮތަށް، ކޯޓުތަކާ ބެހޭ ޤާނޫނަށް ސަރުކާރުގެ ފަރާތުން ގިނަ އިޞްލާޙުތަކެއް ހުށަހަޅައިފިއެވެ.

މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ފޭދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އިސްމާޢީލް ނިޒާރެވެ.

ޤާނޫނުގައި މިހާރު ބަޔާންކޮށްފައިވާ ގޮތުން، ހައިކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅޭ ލިޔެކިޔުންތައް ފޮނުވުމަށް މާލޭގެ ކޯޓުތަކަށް ގިނަވެގެން 7 ދުވަސް، އަދި ރަށްރަށުގެ ކޯޓުތަކަށް 30 ދުވަސް ލިބެއެވެ. ނަމަވެސް އިޞްލާޙުގައިވާ ގޮތުން، ދަށު މަރުޙަލާގެ ހުރިހާ ކޯޓަކުން ވެސް ހައިކޯޓަށް ލިޔެކިޔުންތައް ފޮނުވަންޖެހޭނީ 14 ދުވަހުގެ ތެރޭގައެވެ.

މީގެ އިތުރުން، ޤާނޫނުއަސާސީން ނުވަތަ ޤާނޫނަކުން ކަނޑައެޅިގެން އިސްތިސްނާކޮށްފައިވާ ހާލަތްތައް ފިޔަވައި، ހައިކޯޓުގައި ހިންގާ ހުރިހާ ޝަރީޢަތެއްގެ އަޑުއެހުންތައް ބާއްވަންވާނީ އާންމުކޮށް ހުޅުވާލައިގެން ކަމަށް ވެސް އިޞްލާޙުގައި ބަޔާންކޮށްފައިވެއެވެ.

ބިލުގައިވާ ގޮތުން، މި އިޞްލާޙުތައް ހުށަހަޅާފައިވަނީ ކޯޓުތައް އެކުލެވިގެންވާ ގޮތާއި، ކޯޓުތަކުގެ އިޚްތިޞާޞް ކަނޑައެޅިގެންވާ ގޮތާއި، ކޯޓުތަކުގެ އިސް މަގާމުތައް ހަމަޖެހިގެންވާ ގޮތް ހިމެނޭ ގޮތަށް، ކޯޓުތަކާ ބެހޭ ކަންކަން ހަރުދަނާކުރުމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު