އޮކްޓޯބަރު މަހުގެ ނިޔަލަށް 89 ފިރިހެން ކުދިންނާއި 64 އަންހެން ކުދިން ހިމެނޭ ގޮތަށް 153 ކުދިން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
އެ ވުޒާރާއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި އަދަދަކީ މިދިޔަ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ އަދަދެވެ.
މީގެ އިތުރުން، ދައުލަތުގެ ބެލުމުގެ ދަށުގައިވާ ތިން ކުއްޖަކު އޮކްޓޯބަރު މަހު ޢާއިލާތަކާއި ރީއިންޓިގްރޭޓް ކުރެވިފައިވާ ކަމަށް ވެސް ވުޒާރާއިން ހާމަކުރި ތަފާސްހިސާބުތަކުން ދައްކައެވެ.






