Tuesday, November 24
ވެލާނާ އެއާޕޯޓުގެ އީ-ގޭޓުގެ ޚިދުމަތް ބޭރުގެ ދަތުރުވެރިންނަށް ފުޅާކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީ.އައި.އޭ) ގައި ޤާއިމުކޮށްފައިވާ އީ-ގޭޓުގެ ޚިދުމަތް ބޭރުގެ ދަތުރުވެރިންނަށް މޯލްޑިވްސް އިމިގްރޭޝަނުން ފުޅާކޮށްފިއެވެ.

ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު ޢަލީ އިޙްސާންގެ ބެއްލެވުމުގެ ދަށުން ގެނައި މި ބަދަލާއެކު، ދިވެހިންގެ އިތުރުން ރާއްޖެ ޒިޔާރަތްކުރާ ބޭރުގެ ފަރާތްތަކަށް ވެސް މިހާރު އީ-ގޭޓުގެ ޚިދުމަތް ލިބިގެންދާނެއެވެ.

ވީ.އައި.އޭ ގައި ޖުމްލަ 35 އީ-ގޭޓް ޤާއިމުކޮށްފައިވާއިރު، މީގެ ތެރޭގައި އެރައިވަލްގައި 20 ގޭޓާއި ޑިޕާޗާގައި 15 ގޭޓް ހިމެނެއެވެ. މީގެކުރިން މި ޚިދުމަތް ހާއްސަކޮށްފައި އޮތީ ހަމައެކަނި އިލެކްޓްރޯނިކް ޕާސްޕޯޓް އޮންނަ ދިވެހިންނަށެވެ.

ފުރަތަމަ މަރުޙަލާގައި މި ޚިދުމަތް ލިބޭނީ ކަނޑައެޅިފައިވާ 46 ޤައުމެއްގެ ޕާސްޕޯޓް ގެންގުޅޭ ފަރާތްތަކަށާއި، މި ޚިދުމަތުގައި ބައިވެރިވެފައިވާ 31 އެއާލައިނެއްގެ ދަތުރުވެރިންނަށެވެ.

ބޭރުގެ ފަރާތްތަކަށް މި ޚިދުމަތް ހުޅުވާލުމާއެކު، ދެކުނު އޭޝިއާ ސަރަހައްދުގައި މިހައި ފުޅާ ދާއިރާއެއްގައި އޮޓޮމޭޓެޑް ސީމްލެސް އިމިގްރޭޝަން ކްލިއަރެންސްގެ ޚިދުމަތް ދޭ ފުރަތަމަ ޤައުމަކަށް ރާއްޖެ ވެގެންދާނެއެވެ.

މި ނިޒާމުގައި ބޭނުންކުރަނީ ފޭޝަލް ރިކޮގްނިޝަން އަދި އައިރިސް ސްކޭން ފަދަ އެންމެ ފަހުގެ ބަޔޯމެޓްރިކް ޓެކްނޮލޮޖީއެވެ. ޕާސްޕޯޓުގެ ސައްހަކަން ޔަޤީންކުރުމަށްފަހު، ކޮންމެ ދަތުރުވެރިއަކަށް ގާތްގަނޑަކަށް 6 އާއި 7 ސިކުންތާ ދެމެދުގެ ވަގުތުކޮޅެއްގެ ތެރޭގައި އިމިގްރޭޝަން ކްލިއަރެންސް ނިންމާލެވޭނެއެވެ.

މީގެ ސަބަބުން ކިއޫތަކުގައި މަޑުކުރަންޖެހޭ ވަގުތު ވަރަށް ބޮޑަށް ކުޑަވެ، ޚާއްޞަކޮށް އެއާޕޯޓުގެ ޓްރެފިކް ބޮޑުވާ ވަގުތުތަކުގައި ދަތުރުވެރިންނަށް ލުއިފަސޭހަކަމެއް ލިބިގެންދާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު