Tuesday, November 24
އޮކްޓޯބަރު މަހު ކުޑަކުދިންނަށް ކުރާ އަނިޔާއާ ގުޅޭ 109 މައްސަލައެއް ރިޕޯޓުކޮށްފި

މިދިޔަ އޮކްޓޯބަރު މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 109 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

އެ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު ހުށަހެޅުނު މިފަދަ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ އަންހެން ކުދިންނާ ގުޅޭ 62 މައްސަލައަކާއި، ފިރިހެން ކުދިންނާ ގުޅޭ 47 މައްސަލައެކެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ކުދިންނަށް އިހުމާލުވުމުގެ މައްސަލަތަކެވެ. އެގޮތުން އިހުމާލުވުމުގެ 27 މައްސަލައެއް ހުށަހަޅާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ އަންހެން ކުދިންނާ ގުޅޭ 18 މައްސަލައަކާއި ފިރިހެން ކުދިންނާ ގުޅޭ 9 މައްސަލައެކެވެ.

ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޖިންސީ ހާނިއްކައިގެ މައްސަލަތަކެވެ. މި ބާވަތުގެ 24 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ އަންހެން ކުދިންނާ ގުޅޭ 18 މައްސަލައަކާއި ފިރިހެން ކުދިންނާ ގުޅޭ 6 މައްސަލައެކެވެ.

މީގެ އިތުރުން ޖިސްމާނީ ހާނިއްކައިގެ 19 މައްސަލައާއި، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 14 މައްސަލައިގެ އިތުރުން ނަފްސާނީ ގޮތުން އިހުމާލުވުމުގެ 9 މައްސަލަވެސް މިދިޔަ މަހު ރިޕޯޓުކޮށްފައިވެއެވެ.

އަދި ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 5 މައްސަލައާއި، އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ 4 މައްސަލައާއި، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަން ނުވަތަ ބްލެކްމެއިލް ކުރުމުގެ 3 މައްސަލައިގެ އިތުރުން ކުޑަކުދިންގެ ބަދުއަޚްލާގީ އަމަލު ހިންގާ ވީޑިއޯތަކާ ގުޅޭ 2 މައްސަލައެއްވެސް އެ ވުޒާރާއަށް ރިޕޯޓުކޮށްފައިވެއެވެ.

މީގެ އިތުރުން ކުޑަކުދިން ޖިންސީ ގޮތުން "ގްރޫމް" ކުރުމުގެ 1 މައްސަލައާއި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 1 މައްސަލަވެސް އޮކްޓޯބަރު މަހު ވަނީ ރިޕޯޓުކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު