Tuesday, November 24
ސައުދީއަށް ހޫތީން ދޭ ހަމަލާތައް ކުށްވެރިކޮށް ފޮރިން މިނިސްޓްރީން ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާއަށް އަމާޒުކޮށް ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ތަކުރާރުކޮށް ދެމުންދާ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ފޮރިން މިނިސްޓްރީން ބަޔާނެއް ނެރެފިއެވެ.

އެ ބަޔާނުގައިވާ ގޮތުން، ހޫތީން އެންމެ ފަހުން ހަމަލާތައް ދީފައިވަނީ ސައުދީގެ ވެރިރަށް ރިޔާޒުގައި ހުންނަ އާންމު އަދި އިގުތިސާދީ މަރުކަޒުތަކަށެވެ. މި ހަމަލާތަކުގެ ސަބަބުން ކިންގް އަބްދުﷲ ފައިނޭންޝަލް ޑިސްޓްރިކްޓަށް މާއްދީ ގެއްލުންތައް ލިބިފައިވާކަން ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ފޮރިން މިނިސްޓްރީން ބުނީ، ތަކުރާރުކޮށް ދެމުންދާ މި ހަމަލާތަކަކީ ސައުދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމެއް ކަމަށާއި، ބައިނަލްއަގުވާމީ ޤާނޫނުތަކާއި އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ ޤާނޫނުތަކާ ކަނޑައެޅިގެން ހިލާފު އަމަލުތަކެއް ކަމަށެވެ.

އާންމު ރައްޔިތުންގެ ފުރާނައަށް ނުރައްކާވާ ގޮތަށާއި، ސަރަހައްދުގެ ސުލްހައާއި ހަމަޖެހުމަށް ބުރޫއަރާ ގޮތަށް ދޭ މިފަދަ އަނިޔާވެރި ހަމަލާތައް ވަގުތުން ހުއްޓާލުމަށް ވެސް ރާއްޖެއިން ވަނީ ގޮވާލާފައެވެ.

ސައުދީ ސަރުކާރާއި އެ ޤައުމުގެ ރައްޔިތުންނާއެކު ރާއްޖެ އަބަދުވެސް ސާބިތުކަމާއެކު އޮންނާނެ ކަމަށް ވެސް ބަޔާނުގައި ވެއެވެ. އަދި ސައުދީގެ ސިޔާދަތާއި ސަރަހައްދީ ރައްކާތެރިކަން ދެމެހެއްޓުމަށާއި، މާތްވެގެންވާ ދެ ހަރަމްފުޅު ހިމާޔަތްކުރުމަށް އެ ޤައުމުން އަޅަމުންދާ ހުރިހާ ފިޔަވަޅަކަށް ރާއްޖޭގެ ފުރިހަމަ އެއްބާރުލުމާއި ތާއީދު ލިބެމުންދާނެ ކަމުގެ ޔަގީންކަން ވެސް ފޮރިން މިނިސްޓްރީން ދީފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު