Monday, November 23
އަންނަ އަހަރުގެ މެދުތެރޭ ރަސްމާލެއިން ގޯތި ދޫކުރަން ފެށުމަކީ އުންމީދެއް: މިނިސްޓަރު މުއްޠަލިބް

ރަސްމާލޭގެ މާސްޓަރ ޕްލޭން ނިމުމާއެކު، އަންނަ އަހަރުގެ މެދުތެރޭގައި ރަސްމާލެއިން ގޯތި ދޫކުރަން ފެށޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން ޕީއެސްއެމް ނިއުސްއިން ގެނެސްދިން "ހަފްތާ 156" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރަސްމާލޭގެ މާސްޓަރ ޕްލޭން ހެދުމަށް ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް ސަރުކާރުން މިހާރު ކުރަމުންދާއިރު، މާސްޓަރ ޕްލޭން ތައްޔާރުކުރާއިރު ބައްލަވާނީ އާއިލީ ބޯހިޔާވަހިކަމުގައި ގޯއްޗަށް އެދުނު ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް ގޯތި ދެވޭނެ ގޮތަކަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި މުސްތަޤްބަލުގައި އެ ބިމުގައި ދިރިއުޅޭ މީހުންނަށް ފްލެޓް އިމާރާތްތައް ތަރައްޤީކުރެވޭނެ ގޮތަކަށް ވެސް ބައްލަވާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ރަސްމާލޭގެ ދުރުރާސްތާ ތަޞައްވުރަކީ 20 އަހަރުގެ ތެރޭގައި 150,000 މީހުންނަށް ބޯހިޔާވަހިކަމުގެ ފުރުޞަތު އެ ބިމުން ތަނަވަސްކޮށްދިނުމެވެ.

ރަސްމާލެއަކީ ރާއްޖޭގެ މޫސުމާއި ތިމާވެއްޓަށް ރިޢާޔަތްކޮށް ހިންގަން ނިންމާފައިވާ ތިމާވެއްޓާ ރައްޓެހި މަޝްރޫޢެއް ކަމުގައި ވާއިރު، އެތަނަށް ކަރަންޓު ފޯރުކޮށްދިނުމަށް ނިންމާފައިވަނީ އިޢާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު