Monday, November 23
ރައްޔިތުންގެ މަޖިލީހުގެ ދެ ކޮމިޓީއަކަށް ބަދަލުތަކެއް ގެނެސްފި

ރައްޔިތުންގެ މަޖިލީހުގެ ދެ ކޮމިޓީއެއްގައި ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީ.އެން.ސީ) ތަމްސީލުކުރައްވާ މެންބަރުންނަށް ބަދަލުތަކެއް ގެނެސްފިއެވެ.

މި ބަދަލުތައް މިއަދުގެ ޖަލްސާގައި އިޢުލާނުކުރެއްވީ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲއެވެ. ބަދަލުތައް ގެނެސްފައިވަނީ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީއާއި ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށެވެ.

އެގޮތުން ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގައި ހިމެނިވަޑައިގެންނެވި ށ. ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙުގެ ބަދަލުގައި، އެ ކޮމިޓީއަށް ގއ. ވިލިނގިލި ދާއިރާގެ މެންބަރު ޢާޒިމް ޢަބްދުލްޢަޒީޒު ވަނީ ހަމަޖައްސަވާފައެވެ.

241 ކޮމިޓީއަށް ދެ ބަދަލެއް ގެނެސްފައިވާއިރު، ސ. ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރުޒޫޤުގެ ބަދަލުގައި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދު ވަނީ ހަމަޖައްސަވާފައެވެ. އަދި ގދ. ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސަޢުދުﷲ ޙިލްމީގެ ބަދަލުގައި އދ. މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤު ވެސް އެ ކޮމިޓީއަށް ހަމަޖައްސަވާފައިވެއެވެ.

މި ހުރިހާ ބަދަލުތަކަކީ ވެސް ޕީ.އެން.ސީގެ ފަރާތުން ކޮމިޓީތަކުގައި ހިމެނޭ ގޮނޑިތަކަށް ގެނެވުނު ބަދަލުތަކެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު