Monday, November 23
ރައީސް ވެވަޑައިގެންނެވި ތަރައްގީގެ އެއްވެސް ވައުދަކަށް މަޑުޖެހުމެއް ނާދޭ: މެންބަރު ޝާހިދު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ތަރައްގީގެ އެއްވެސް ވައުދަކަށް މަޑުޖެހުމެއް ނާންނަ ކަމަށާއި، ކަންކަން ތަރުތީބުން ކުރިއަށްދާ ކަމަށް ހުޅުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝާހިދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަންނަ އަހަރުގެ ބަޖެޓު ރިޕޯޓުގެ ބަހުސްގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، ހުށަހަޅާފައިވާ ބަޖެޓުގައި އައްޑޫ އަތޮޅު ހުޅުދޫއާއި މީދޫގައި ކުރިއަށް ގެންދިއުމަށް ރައީސް ވެވަޑައިގެންނެވި ގިނަ ވައުދުތައް ހިމަނާފައިވާ ކަމަށެވެ.

އެގޮތުން ހުޅުދޫއާއި މީދޫގައި އަޅާ 100 ހައުސިން ޔުނިޓުގެ މަޝްރޫއު ކުރެހުމާއެކު ބަޖެޓު ފޮތުން ފެންނަން އޮތް ކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ.

ބައެއް ކަންކަމަށް ލަސްކަމެއް އައިސްފައިވަނީ ރައްޔިތުންގެ ބޭސްފަރުވާއާއި ތައުލީމު ފަދަ އަސާސީ މުހިންމު ހައްގުތައް ފޯރުކޮށްދިނުމަށް އިސްކަންދޭން ޖެހޭތީ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

ނިމިދިޔަ އެމްޑީޕީގެ ސަރުކާރަށް ފާޑުވިދާޅުވަމުން ޝާހިދު ވިދާޅުވީ، އައްޑޫގެ މަގުތައް ހެދުމަށާއި ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަށް ބޮޑެތި ލޯނުތައް ނަގައި ރައްޔިތުން ދަރަނިވެރިކުރުވި ނަމަވެސް، އެ މަސައްކަތްތައް އެކަށީގެންވާ ގޮތެއްގައި ނިންމާފައި ނުވާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު