އާދިއްތަ, November 22
ވޭޕް މަނާކުރި ފަހުން ކަސްޓަމްސްއިން އެއްލައްކައަށް ވުރެ ގިނަ ވޭޕް ހިފަހައްޓައިފި

ވޭޕް ރާއްޖެ އެތެރެކުރުން މަނާކުރި ފަހުން، ގަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅުނު އެއްލައްކައަށް ވުރެ ގިނަ ވޭޕް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓައިފިއެވެ.

މި މަޢުލޫމާތު ހާމަކުރެއްވީ، ކަސްޓަމްސްގެ ޚިދުމަތަށް 136 އަހަރު ފުރުން ފާހަގަކުރުމަށް ރޭ ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާއެވެ.

ސަރުކާރުން ވަނީ ވޭޕާއި އިލެކްޓްރޯނިކް ސިނގިރޭޓް ރާއްޖެ އެތެރެކުރުމާއި ބޭނުންކުރުމާއި، އެ ތަކެތީގެ ވިޔަފާރިކުރުން ޤާނޫނީ ގޮތުން މަނާކޮށްފައެވެ.

ޖަލްސާގައި ދިޔާނާ ވިދާޅުވީ، ގަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެކުރަން މަސައްކަތްކުރާ މަނާ ތަކެތި ހުއްޓުވުމަށް ކަސްޓަމްސްއިން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ.

މީގެ އިތުރުން، ރާއްޖޭގެ ބޯޑަރުތައް ބެލެހެއްޓުމާއި މަނާ ތަކެތި އެތެރެވުން ހުއްޓުވުމަށްޓަކައި ކަސްޓަމްސްގެ އޮފިސަރުން ކުރަމުންދާ ބުރަ މަސައްކަތްތައް ފާހަގަކުރައްވައި، އެކަމަނާ ވަނީ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު