އާދިއްތަ, November 22
ކެރެޓުގެ އަގު އުފުލުނު ސަބަބު މިނިސްޓަރު ސަޢީދު ބަޔާންކޮށްދެއްވައިފި

ބާޒާރުގައި ކެރެޓުގެ އަގު އުފުލުނީ ސަޕްލައި ކުރުމުގައި ދިމާވި މައްސަލައަކާ ގުޅިގެން ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ކެރެޓުގެ އަގު ބޮޑުވި ސަބަބާ ގުޅޭގޮތުން މީޑިއާއަކުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން، މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ކަންހިނގި ގޮތް ބެލިބެލުމުން، ސަޕްލައި ކުރުމުގެ މައްސަލައެއް ދިމާވެގެން އަގު އުފުލުނުކަން އެނގުނު ކަމަށާއި، ސަޕްލައި މަދުވި އިރުވެސް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ކެރެޓު ކިލޯއެއް 40 ރުފިޔާއަށް ވިއްކަމުން ދިޔަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސަޕްލައި މައްސަލަ ދިމާވި ކުންފުނިތަކުގެ މުދާ، އެމްޕީއެލްއާ ގުޅިގެން ކުރި މަސައްކަތުން މިހާރު ކްލިއަރ ކުރެވިފައިވާ ކަމަށާއި، އެހެންކަމުން ކުރިއަށް އޮތް ތަނުގައި އަގު ބޮޑުކޮށް ނުވިއްކާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ބާޒާރަށް އިތުރަށް ކެރެޓު ނެރުމަށްޓަކައި، އެސްޓީއޯއިން ކެރެޓުގެ އިތުރު ކޮންޓެއިނަރުތައް ކްލިއަރ ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް މިނިސްޓަރު ސަޢީދު ވަނީ ވިދާޅުވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު