އާދިއްތަ, November 22
ހުޅުމާލެ ޕޮލިސް ފޯރަމް 2026 ފަށައިފި

"ހުޅުމާލެ ޕޮލިސް ފޯރަމް 2026" އެމް.ޑަބްލިއު.އެސް.ސީ އޮޑިޓޯރިއަމްގައި މިއަދު ފަށައިފިއެވެ.

ތިން ދުވަހު ކުރިއަށްދާ މި ފޯރަމް ބާއްވަނީ ހުޅުމާލެ ޕޮލިހުން 2027 ވަނަ އަހަރަށް ކަނޑައަޅާ އިސްކަންދޭ ދާއިރާތަކާއި އަހަރީ އެކްޝަން ޕްލޭން އެކުލަވާލުމަށް އަމާޒުކޮށްގެންނެވެ. ފޯރަމްގެ ޝަރަފުވެރި މެހުމާނަކީ ނޮދަން ޕޮލިސް ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝަމީމެވެ.

ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ހުޅުމާލެ ޕޮލިސް ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް ޢަބްދުﷲ ވިދާޅުވީ، 2027 ވަނަ އަހަރަށް ހުޅުމާލެ ޕޮލިސްގެ އެކްޓިވިޓީ ކަލަންޑަރު އެކުލަވާލައި ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ކަނޑައެޅުމަށް، މަސައްކަތްތަކާ މެދު ފުންކޮށް ވިސްނައި ކުރިމަތިވާ ގޮންޖެހުންތައް ވަޒަންކޮށް، ފުލުހުންގެ ޚިދުމަތް ހަރުދަނާކުރެވޭނެ ގޮތްތައް ދެނެގަތުމަށް ލިބޭ މުހިންމު ފުރުޞަތެއް ކަމަށް މި ފޯރަމް ވާނެ ކަމަށެވެ.

2027 ވަނަ އަހަރަށް ހުޅުމާލެ ޕޮލިސްގެ މަސައްކަތްތައް އެކުލަވާލަންވާނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ސްޓްރެޓެޖިކް ޕްލޭނާ އެއްގޮތަށް ކަމަށާއި، ކޮންމެ ޑިޕާޓްމަންޓަކާއި ޔުނިޓަކުން ވެސް އިސްކަންދޭންވީ ކަންކަމާއި ޒިންމާތައް ސާފުކޮށް ބަޔާންކޮށްދިނުމަކީ ވެސް ފޯރަމްގެ މުހިންމު ބޭނުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އަންނަ އަހަރުގެ އެކްޓިވިޓީ ކަލަންޑަރުގައި ކުށްމަދުކުރުމާއި އާންމުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި ހުޅުމާލޭގެ ރައްޔިތުންނާއި މުއައްސަސާތަކާއި ޖަމުއިއްޔާތަކުގެ ބައިވެރިވުން އިތުރުކުރެވޭނެ ހަރަކާތްތައް ހިމަނަންޖެހޭނެ ކަމަށާއި، ކަލަންޑަރުގައި ހިމެނޭ ކޮންމެ ކަމެއް ހިނގާ ގޮތް ބަލައި ލިބޭ ނަތީޖާ ވަޒަންކުރުމުގެ ސާފު ނިޒާމެއް އޮންނަންޖެހޭނެ ކަމަށް ވެސް އާސިމް ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު