އާދިއްތަ, November 22
އުމްރާއަށް ގެންދާނެ ކަމަށް ބުނެ 109 މީހެއްގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލަ ދައުވާކުރަން ފޮނުވައިފި

އުމްރާއަށް ގެންގޮސްދޭނެ ކަމަށް ބުނެ 109 މީހެއްގެ އަތުން ނެގި 2.6 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގު ނިންމައި، ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

ފުލުހުން ބުނީ، އަސްކޮއެ ޓްރެވަލް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން އުމްރާއަށް ގެންގޮސްދޭނެ ކަމަށް ބުނެ ގިނަ ބަޔަކު އަތުން ފައިސާ ނަގައި، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މި އަހަރުގެ ޖުލައި 16 ވަނަ ދުވަހު ކަމަށެވެ.

ފުލުހުންގެ ތަހުގީގުން ހާމަވި ގޮތުގައި، އަސްކޮއެ ޓްރެވަލް ސަރވިސަސްގެ ހަވާލުގައި އުމްރާއަށް ދިއުމަށް 109 މީހަކު ފައިސާ ދައްކާފައިވެއެވެ. އެ މީހުން ދެއްކި ޖުމްލަ 2،660،300 ރުފިޔާއަށް ކުންފުނިން ހިޔާނާތްތެރިވެފައިވާކަން ތަހުގީގުން ސާބިތުވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައިގެ ތަހުގީގު ނިންމައި، ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މި މަހުގެ 18 ވަނަ ދުވަހު ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު