އާދިއްތަ, November 22
ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެ، ކުޅުދުއްފުށި އަދި ފުނަދޫގެ ވައި ނުސާފުވެއްޖެ

މާލެ ސިޓީއާއި ކުޅުދުއްފުށި ސިޓީ އަދި ށ. ފުނަދޫގައި ވައިގެ ނުސާފުކަން މިއަދު ސިއްހަތަށް ނުރައްކާވާ މިންވަރަށް މަތިވެއްޖެއެވެ.

ވައިގެ ފެންވަރު ބަލާ "އައިކިއުއެއާ"ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި ތިން ރަށުގެ ވައިގެ ކޮލިޓީ ހުރީ 160 އާއި 180 އާ ދެމެދުގައެވެ. ޔޫއެސް އޭކިއުއައި މިންގަނޑުގައިވާ ގޮތުން، 151 އިން 200 އާ ދެމެދުގެ އަދަދުތަކަކީ ސިއްހަތަށް ނުރައްކާތެރި މިންވަރެކެވެ.

ކުޑަހުވަދޫގައި ވައިގެ ކޮލިޓީ ހުރީ ނާޒުކު ފަރާތްތަކުގެ ސިއްހަތަށް ނުރައްކާތެރި މިންވަރެއް ކަމަށްވާ 124 ގައި ކަމަށް ވެސް އެ ތަފާސްހިސާބުތަކުން ދައްކައެވެ.

މި ނޭދެވޭ އަސަރު ކުރިއަށް އޮތް ފަސް ދުވަހު ދެމިގެންދާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިންޒާރުދީފައެވެ. ޚާއްޞަކޮށް ރާއްޖޭގެ އުތުރާއި މެދުރާއްޖޭގެ އަތޮޅުތަކުގައި ލޮލަށް ފެންނަ ދުރުމިން ވަރަށް ބޮޑަށް ދަށްވާނެ ކަމަށް ލަފާކުރެވެއެވެ.

ވައި ނުސާފުވާ ވަގުތުތަކުގައި ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ހިތާއި ފުއްޕާމޭގެ ބަލިތައް ހުންނަ މީހުން ބޭރުގައި ގިނަ ވަގުތު ހޭދަކުރުމާއި ބުރަ ހަރަކާތްތައް ކުރުން މަދުކުރުމަށް ސިއްހީ މާހިރުން ލަފާދެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު