އާދިއްތަ, November 22
އެމްއެންޑީއެފްގެ އަސްކަރީ ތަމްރީނު "ޖައްރާފާ-2026" މާލެ ސަރަހައްދުގައި ފަށައިފި

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ފަޔާ އެންޑް ރެސްކިޔު ސާވިސް (އެފްއާރްއެސް) އިން ބާއްވާ އަސްކަރީ ތަމްރީނު "އެކްސަސައިޒް ޖައްރާފާ-2026" މިއަދު ފަށައިފިއެވެ.

ދެ ދުވަހުގެ މުއްދަތަށް ބާއްވާ މި ތަމްރީނުތައް ކުރިއަށްގެންދަނީ މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި އަދި ކްރޮސްރޯޑް މޯލްޑިވްސްގެ އެއްގަމާއި ކަނޑުގެ ސަރަހައްދުގައެވެ.

ތަމްރީނުތައް ކުރިއަށްދާ ވަގުތު، އެފްއާރްއެސްގެ ވެހިކަލްތައް ސައިރަން އަދި ބީކަންއާއެކު ބާރު ސްޕީޑްގައި ގްރޭޓާ މާލެ ސަރަހައްދުގައި ދަތުރުކުރާނެ ކަމަށް ދިފާއީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާއިން ވަނީ އާންމުންގެ ސަމާލުކަމަށް ހާމަކޮށްފައެވެ.

ސިފައިން މިފަދަ ތަމްރީނުތައް މާލެ ސަރަހައްދާއި އަތޮޅުތަކުގައި ދޭތެރެދޭތެރެއިން ހިންގަމުން އަންނަކަމަށް ވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު