ރައީސް އޮފީހާއި ރައްޔިތުންގެ މަޖިލީހާއި ސުޕްރީމް ކޯޓުގެ އިމާރާތުގައި ހުޅުޖެހުމަށް ހިތްވަރުދިން މައްސަލައިގައި ހައްޔަރުކުރި، މި ސަރުކާރުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒިހާންގެ ބަންދަށް ކޯޓުން އިތުރު 16 ދުވަސް ޖަހައިފިއެވެ.
މިއީ ޒިހާންގެ ބަންދުގެ މުއްދަތު އިތުރުކުރި ތިންވަނަ ފަހަރެވެ. އޭނާ ހައްޔަރުކުރުމަށްފަހު ފުރަތަމަ ބަންދަށް ޖެހީ 15 ދުވަސް ކަމަށްވާއިރު، ދެވަނަ ފަހަރަށް ވަނީ 14 ދުވަސް ޖަހާފައެވެ.
ޒިހާން ހައްޔަރުކޮށްފައިވަނީ، ސުޕްރީމް ކޯޓާއި ރައީސް އޮފީހާއި މަޖިލީހުގެ އިމާރާތުގައި ހުޅުޖެހުމުގެ ފުރުޞަތު ދިވެހިންނަށް ނުލިބެނީ ކީއްވެތޯ ސުވާލުކޮށް، އެ ތަންތަނުގައި ރޯކޮށްލުމަކީ "މަޖާ" ކަމަކަށް ވާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރި މައްސަލައިގައެވެ.
ޒިހާނަކީ މި ސަރުކާރުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކޮށްފައިވާ މީހެކެވެ.






