Saturday, November 21
އަމިއްލަ ފަރާތެއްގެ ހަފުލާއަކާ ގުޅިގެން މިރޭ ހުޅުމާލޭގައި ހަވާ އަރުވަނީ

އަމިއްލަ ފަރާތެއްގެ ހަފުލާއަކާ ގުޅިގެން މިރޭ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އިރުމަތީ ފަރާތު ކަނޑުގައި ހަވާ އަރުވާނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.

އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި، ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ މިރޭ 19:30 އާއި 21:30 އާ ދެމެދުގެ ވަގުތެއްގައެވެ. ހަވާ އެރުވުން ގާތްގަނޑަކަށް 7 މިނެޓު ވަންދެން ކުރިއަށްދާނެ ކަމަށް ވެސް އެ ފަރާތުން ވަނީ ބުނެފައެވެ.

މި ހަރަކާތް ކުރިއަށް ގެންދަނީ ވިޔަފާރި އުސޫލުން ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިންނެވެ. އަމިއްލަ ފަރާތެއްގެ ހަރަކާތެއްގައި މިހާ ގިނަ ވަގުތު ހަވާ އަރުވާ ފުރަތަމަ ފަހަރަކީ ވެސް މިއީ ކަމަށް މައުލޫމާތު ލިބެއެވެ.

ޕްރައިވެޓް ހަފްލާތަކާ ގުޅިގެން މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގައި ވެސް އެމްއެންޑީއެފުން ހަވާ އަރުވައެވެ. ދާދި ފަހުން ހަވާ އަރުވާފައިވަނީ "އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ފެށުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތަށް ފަހުގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު