ހުޅުމާލެ ފޭސް 3 ގައި އެއްކޮށްފައި ހުރި ކުނިތަކެއްގައި އަލިފާން ރޯވެ، އެ އަލިފާން ނިއްވުމަށް ސިފައިން ހަރަކާތްތެރިވެއްޖެއެވެ.
ފުލުހުން ބުނީ، ފަރުކޮޅުފުއްޓާ ދިމާ ބޭރުގައި އެއްކޮށްފައި ހުރި ކުނިތަކެއްގައި އަލިފާން ރޯވެފައިވާ ކަމުގެ މަޢުލޫމާތު ލިބުމުން، ފުލުހުންނާއި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސަސްއިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އަލިފާންގަނޑު ބާރަށް ފެތުރެމުން ދިޔައިރު، މުޅި ސަރަހައްދުގައި ވަނީ ދުން ފެތުރިފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ނުވަތަ މުދަލަކަށް ގެއްލުމެއް ލިބުނު ކަމުގެ މަޢުލޫމާތެއް މިހާތަނަށް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.
އަލިފާން ނިއްވުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ދަނީ ކުރިއަށް ގެންދަމުންނެވެ.






