މަރުގެ އަދަބު ކަނޑައެޅުމާއި އަދަބު ތަންފީޛުކުރުމާ ބެހޭ ބިލާއި ނަމާއި އަބުރު ރައްކާތެރިކުރުމުގެ ޙައްޤުގެ ބިލަށް ނޮވެމްބަރު 30 ގެ 12:00 ގެ ކުރިން އާންމުންނަށް ޚިޔާލު ހުށަހެޅޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.
މަޖިލީހުގެ އިދާރާއިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވާ ގޮތުގައި، މި ދެ ބިލު ދިރާސާކުރަމުން ގެންދަނީ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީންނެވެ. ޚިޔާލު ހުށަހަޅަންވާނީ ކޮމިޓީގެ އީމެއިލް އެޑްރެސްއަށް ފޮނުވުމުން ނުވަތަ މަޖިލީހުގެ އިދާރާއަށް ލިޔުމުން ހުށަހެޅުމުންނެވެ.
މީގެ އިތުރުން، ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ދިރާސާކުރަމުންދާ ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ބިލަށް ނޮވެމްބަރު 27 ގެ 14:00 ގެ ކުރިން ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ވެސް މަޖިލީހުން ވަނީ ހުޅުވާލާފައެވެ.
ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން ދިރާސާކުރަމުންދާ ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލަށް ޚިޔާލު ހުށަހެޅޭނީ ޑިސެމްބަރު 2 ގެ 14:00 އާ ހަމައަށެވެ.






