Thursday, November 19
ކޮޕް31 ގެ ހަވާސާގައި ބޭއްވި ޖޭސީއެމްގެ ބައްދަލުވުމުގައި ރާއްޖެ ބައިވެރިވެއްޖެ

ކޮޕް31 ސަމިޓުގެ ހަވާސާގައި ބޭއްވި ޖޮއިންޓް ކްރެޑިޓިންގ މެކޭނިޒަމް (ޖޭސީއެމް) ގެ މަތީ ފަންތީގެ ބައްދަލުވުމުގައި ރާއްޖެ ބައިވެރިވެއްޖެއެވެ.

މި ބައްދަލުވުމަކީ ޖަޕާނުގެ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ އިސްނެގުމުގެ މަތިން، ޖޭސީއެމްގައި ބައިވެރިވާ ޤައުމުތަކުގެ މެދުގައި ބޭއްވި 12 ވަނަ ޕާޓްނަރ ކަންޓްރީސް ބައްދަލުވުމެވެ.

ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ މިނިސްޓްރީ އޮފް ކުލައިމެޓް ޗޭންޖް އެންވަޔަރަންމަންޓް އެންޑް އެނާޖީގެ ޑިރެކްޓަރ އަޙްމަދު ވަޙީދެވެ.

ތިމާވެއްޓަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކާއި، ވިހަ ގޭސްތައް ބޭރުކުރާ މިންވަރު މަދުކުރުމަށް ގުޅިގެން ކުރެވިދާނެ ކަންކަމާ ބެހޭގޮތުން މި ބައްދަލުވުމުގައި ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ.

ޖަޕާނުން އިސްނަގައިގެން ކުރިއަށްގެންދާ ޖޭސީއެމްއަކީ، ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ކާބަން ބޭރުކުރާ މިންވަރު ދަށްކުރުމަށް ބޭނުންވާ އެހީތެރިކަމާއި ޓެކްނޮލޮޖީ ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ.

ޖޭސީއެމްގެ ދަށުން ރާއްޖޭގައި ވެސް ތިމާވެއްޓާ ރައްޓެހި ގިނަ މަޝްރޫޢުތަކެއް މިހާރު ހިންގަމުން ދެއެވެ. އެގޮތުން އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިންނާއި، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހަކަތަ އިޤްތިޞާދުކުރުމުގެ ދާއިރާއިން މުހިންމު މަސައްކަތްތަކެއް ކުރެވެމުން ދެއެވެ.

މި ބައްދަލުވުމުގައި ބައިވެރިވުމަކީ މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކުގައި ރާއްޖޭގެ ދައުރު އިތުރަށް ހަރުދަނާވާނެ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު