Thursday, November 19
ޕާކިސްތާނާއެކު ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް މިނިސްޓަރު ސަޢީދު މަޝްވަރާކުރައްވައިފި

ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ވިޔަފާރީގެ ގުޅުން ބަދަހިކޮށް، އިޤްތިޞާދީ ދާއިރާއިން އެއްބާރުލުން ފުޅާކުރުމާ ގުޅޭގޮތުން އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ މިނިސްޓަރު މުޙައްމަދު ސަޢީދު ޕާކިސްތާނުގެ ދެ ފެޑެރަލް މިނިސްޓަރަކާއެކު މަޝްވަރާކުރައްވައިފިއެވެ.

އިއްޔެ ހެނދުނު އޮންލައިންކޮށް ބޭއްވި މި ބައްދަލުވުމުގައި ޕާކިސްތާނުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ފެޑެރަލް މިނިސްޓަރ އޮފް ކޮމާސް ޖާމް ކަމާލް ޚާނާއި ފެޑެރަލް މިނިސްޓަރ އޮފް މެރިޓައިމް އެފެއާޒް މުޙައްމަދު ޖުނައިދު އަންވަރު ޗައުދަރީއެވެ. ރާއްޖޭގެ ފަރާތުން މިނިސްޓަރު ސަޢީދުގެ އިތުރުން، އެސްޓީއޯގެ ސީއީއޯ ޝިމާދު އިބްރާހީމާއި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ސީއީއޯ ކެޕްޓަން ޙުސައިން ޝަފީޤު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ސަޢީދު ވިދާޅުވީ، ދެ ޤައުމުގެ ދެމެދު ވިޔަފާރީގެ ގުޅުން ވަރުގަދަކުރެވޭނެ ގޮތްތަކާއި، އިޤްތިޞާދީ ގުޅުން ބަދަހިކުރުމަށް ހުރި ފުރުޞަތުތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށެވެ.

ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރެވުނުތާ 60 އަހަރު ފުރުމުގެ މުނާސަބަތާ ދިމާކޮށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ދާދި ފަހުން ޕާކިސްތާނަށް ތިން ދުވަހުގެ ރަސްމީ ފުރަމާނަ ދަތުރުފުޅެއް ކުރައްވާފައެވެ. އެ ދަތުރުފުޅުގައި، ދެ ޤައުމުގެ ދެމެދު ކުރެވޭ ވިޔަފާރި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް މަޝްވަރާކުރެވިފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު