ތަފާތު ދާއިރާތަކުން ޤައުމުގެ ތަރައްޤީއަށް ޒުވާނުން ކުރާ މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދޭ ޒުވާނުންގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު، ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
އެ ވުޒާރާއިން ހާމަކުރި ގޮތުގައި، 2025 އިން 2026 އަށް ޒުވާނުންގެ އިނާމު ދޭނީ ތަފާތު 22 ދާއިރާއަކުންނެވެ. އިނާމު ލިބޭ ފަރާތްތަކަށް ޚާއްޞަ އެވޯޑަކާއި ސެޓްފިކެޓެއް ދޭނެއެވެ.
ޝަރުތު ހަމަވާ ފަރާތްތަކަށް ނަން ހުށަހެޅުމުގެ ފުރުޞަތު އޮތީ ޑިސެމްބަރު 31 ވަނަ ދުވަހާ ހަމައަށެވެ.
އެޕްލިކޭޝަން ފޯމު ގޫގުލް ލިންކެއް މެދުވެރިކޮށާއި ވެލާނާގޭގެ 3 ވަނަ ފަންގިފިލާގެ މައި ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު 08:30 އިން 14:00 އަށް ވެލާނާގޭގައި ފޯމު ބަލައިގަންނާނެއެވެ.
އަތޮޅުތެރޭގެ ރަށްރަށުން ކުރިމަތިލާ ފަރާތްތަކަށް ވުޒާރާގެ އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމުގެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ.






