Thursday, November 19
ކޮޕް29 ގެ ރިޔާސަތާއި ކޮމަންވެލްތު ފަންޑު ގުޅިގެން ދޭ ހިލޭ އެހީއަކަށް ރާއްޖެ ހޮވިއްޖެ

ކޮޕް29 ގެ ރިޔާސަތާއި ކޮމަންވެލްތު ފަންޑު ފޮރ ސިޑްސް ގުޅިގެން ދޭ ޚާއްޞަ ހިލޭ އެހީއަކަށް ދިވެހިރާއްޖެ ހޮވިއްޖެއެވެ.

މި އެހީ ދެނީ މޫސުމީ ބަދަލުތަކަށް ތައްޔާރުވެފައިވާ ހަކަތައާއި ފެނާއި ނަރުދަމާގެ ޚިދުމަތްތަކުގެ އިތުރުން ގެދޮރުވެރިކަމުގެ ދާއިރާއަށް އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓްތައް ހޯދުމަށް މަގުފަހިކުރުމުގެ ގޮތުންނެވެ.

މިކަން ރަސްމީކޮށް އިޢުލާނުކޮށްފައިވަނީ ތިމާވެށީގެ ބައިނަލްއަޤްވާމީ ސަމިޓުގެ ހަވާސާގައި ބޭއްވުނު "މޮބިލައިޒިންގ ގްރީން އެންޑް ބްލޫ އިންވެސްޓްމަންޓް ފޮރ ސިޑްސް" މަތީ ފެންވަރުގެ ބައްދަލުވުމުގައެވެ.

އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް އަމްޖަދު ޢަބްދުﷲ ވަނީ، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ މޫސުމީ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ދައުލަތުގެ އަދި އަމިއްލަ ފަރާތްތަކުގެ މާލީ އެހީތެރިކަން އިތުރުކުރުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވާފައެވެ.

މި ހިލޭ އެހީގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ރަށްރަށުގައި މޫސުމީ ބަދަލުތަކަށް ފެތޭނޭހެން ޔުޓިލިޓީ ޚިދުމަތްތައް ތަރައްޤީކުރުމާއި، ދެމެހެއްޓެނިވި އަދި ތިމާވެއްޓާ ރައްޓެހި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ބޭނުންވާ ފުރުޞަތުތައް ފަހިކޮށްދިނުމެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު