Wednesday, November 18
އިސްރާއީލު ޕާސްޕޯޓު ދާއިމީ ގޮތެއްގައި މަނާކުރާ އިމިގްރޭޝަންގެ ބިލު މަޖިލީހަށް ބަލައިގެންފި

ރާއްޖެއަށް އިސްރާއީލު ޕާސްޕޯޓު ގެންގުޅޭ މީހުން އެތެރެވުން ދާއިމީ ގޮތެއްގައި މަނާކުރާ ގޮތަށް ހުށަހަޅާފައިވާ ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު ދާއޫދެވެ.

މިއަދުގެ ޖަލްސާގައި ބިލު ބަލައިގަތުމާ މެދު ނެގި ވޯޓުގައި ބިލު ބަލައިނުގަތުމަށް ވޯޓުދެއްވީ އެންމެ މެންބަރެކެވެ. ބިލު ދިރާސާކުރުމަށް ވަނީ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް ފޮނުވާފައެވެ.

މިހާރު އަމަލުކުރާ ޤާނޫނުގައި އިސްރާއީލު ޕާސްޕޯޓު މަނާކޮށްފައި ވަނީ، 7 އޮކްޓޫބަރު 2023 ގައި ފަލަސްތީނާ ދެކޮޅަށް އިސްރާއީލުން ދޭން ފެށި ހަމަލާތަކާ ގުޅިގެން ވަގުތީ ގޮތެއްގައެވެ. ނަމަވެސް މި ބިލުގައި ވަނީ، ހާލަތަށް ރިއާޔަތްނުކޮށް، އެއްވެސް ޝަރުތަކާ ނުލައި އިސްރާއީލު ޕާސްޕޯޓު ގެންގުޅޭ އެއްވެސް ފަރާތަކަށް ރާއްޖެއަށް ނާދެވޭނެ ގޮތަށް ކަނޑައަޅާފައެވެ.

މީގެ އިތުރުން، ރާއްޖެއަށް މީހުން އައުމާއި ފުރުމާ ގުޅޭ އުސޫލުތަކާއި، ދިވެހިންނަށް ޕާސްޕޯޓު ދޫކުރުމާއި، ބިދޭސީން ރާއްޖޭގައި ހުރުމުގެ ހުއްދަ ދިނުމާ ގުޅޭ އުސޫލުތައް ވެސް ބިލުގައި ހިމަނާފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު